Saturday, October 31
549 މީހަކު އިމިގްރޭޝަންގެ އިމްތިހާނު ހަދައިފި

މޯލްޑިވްސް އިމިގްރޭޝަންގެ 50 ވަޒީފާއަށް ކުރިމަތިލާން ބޭއްވި ވޯކް-އިން އިންޓަވިއު އިން ހޮވުނު 549 މީހަކު އެ އިންޓަވިއުގެ ބައެއްގެ ގޮތުގައި ބޭއްވި އިމްތިހާނުގައި ބައިވެރިވެއްޖެ އެވެ.

އިމިގްރޭޝަނުން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، އިމިގްރޭޝަން އޮފިސާ ޓްރެއިނީގެ 50 މަގާމަށް މީހުން ހޯދުމަށް ފުރަތަމަ ފަހަރަށް ބޭއްވި ވޯކް-އިން އިންޓަވިއުތަކަށް ފަހު، އެ އިންޓަވިއުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އިމްތިހާނު މިދިޔަ ބުދަ ދުވަހާއި އިއްޔެ ބާއްވާފައިވާ ކަމަށެވެ.

އިންޓަވިއު ކުރި މީހުންގެ ތެރެއިން އިމްތިހާނުގައި ބައިވެރިވީ 549 މީހުން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެ އިދާރާ އިން ބުނީ އިންޓަވިއު އާއި އިމްތިހާނުގެ ޖުމްލަ މާކްސްއާ އެކު، އެންމެ މަތިން މާކްސް ލިބުނު 50 މީހުން ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ.

އިމިގްރޭޝަން އިން ކުރިން ބުނި ގޮތުގައި، 50 ވަޒީފާއަށް 876 މީހަކު ކުރިމަތިލި އިރު، އޭގެ ތެރެއިން 758 މީހަކު ޝަރުތު ހަމަވެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު