ކުރިއަށް އޮތް އަޟްހާ ޢީދު ފާހަގަކުރުމަށް ނިންމާފައިވާ ރަށްތަކުން އީދަށް ތައްޔާރުވެއްޖެއެވެ.
މި އަހަރު މާލެ ފިޔަވައި އަޟްޙާ ޢީދު ރަސްމީކޮށް ފާހަގަކުރުމަށް ހަމަޖެހިފައި ވަނީ ލ. ގަމާއި ކ. ގުރައިދުއާއި ހއ. ކެލާގައެވެ. މި ތިން ރަށުގައި ވެސް ޢީދު ފާހަގަކުރުމުގެ ތައްޔާރީތައް މިހާރު ފެށިފައިވާއިރު، އެކަމަށް ޓަކައި މި ވުޒާރާގެ ޓީމު އެންމެ ފުރަތަމަ ޒިޔާރާތްކޮށްފައި ވަނީ ކ. ގުރައިދޫ އަށެވެ. މި މިނިސްޓްރީގެ ޓީމުން ގުރައިދޫ އަށް ވަޑައިގެންނެވީ މި މަހުގެ 20 ވަނަ ދުވަހު އެވެ.
އޭގެ ފަހުން މި މަހުގެ 29 ގެ ނިޔަލަށް ހއ. ކެލާ އަދި އަދި ލ ގަމަށް ވެސް ޒިޔާރާތްކޮށްފައިވެ އެވެ.
ވުޒާރާގެ މި ދަތުރުތަކުގައި، މި ވުޒާރާގެ އިވެންޓް ޓީމާއި ސްޓޭޓް މިނިސްޓަރުން އަދި އަޟްހާ ޢީދު ފާހަގަކުރުމުގައި ވުޒާރާ އާއި އެކު މަސައްކަތްކުރާ ޕީއެސްއެމްގެ ޓެކްނިކަލް ޓީމުން ވެސް ބައިވެރިވެފައިވެ އެވެ.
މި ދަތުރުތަކުގައި ތިން ރަށުގެ ވެސް ކައުންސިލާ ބައްދަލުކޮށް، ރަށްރަށުން ޢީދަށް އެކުލަވާލާފައިވާ ޚާއްސަ ކޮމިޓީއާ ވެސް ބައްދަލުކޮށްފައިވެ އެވެ. އަދި ރަށްރަށުން ޢީދަށް ވަމުން އަންނަ ތައްޔާރީތައް ބައްލަވާލައްވައި، އެކަމުގައި ވުޒާރާގެ ފަރާތުން ކުރަން ހުރި ކަންކަން ވެސް ބެއްލެވި އެވެ.
މި ދަތުރުތަކުގެ ތެރެއިން ފާހަގަވި އެންމެ ބޮޑު އެއް ކަމަކީ، ތިން ރަށުން ވެސް އަޟްހާ ޢީދަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމެވެ.
މިފަހަރުގެ ޢީދުގެ ހަރަކާތްތައް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ހޮވިފައިވާ ރަށްތައް ކަމުގައިވާ ހއ ކެލާ, ކ. ގުރައިދޫ އަދި ލ. ގަން، މި ތިން ރަށުން ވެސް ރާވައި ހިންގާ ހަރަކާތްތައް ވުޒާރާއިން އަންނަނީ ވިލަރެސްކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން