Monday, November 9
ޔޫރަޕްގެ ހޫނު މޫސުމާއި ދިމާކޮށް ރާއްޖެ އިޝްތިހާރުކުރުމަށް ޚާއްސަ ހަރަކާތްތަކެއް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ޔޫރަޕުގެ ހޫނު މޫސުމާ ދިމާކޮށް ރާއްޖެ އިޝްތިހާރުކުރުމަށް ޚާއްސަ ހަރަކާތްތަކެއް ފަށައިިފިއެވެ.

އެމްއެމްޕީއާރުސީން ވިދާޅުވީ ޔޫރަޕް މާކެޓަށް އަމާޒުކޮށް ހިންގާ މާކެޓިން ހަރަކާތުގެ މަޤްޞަދަކީ ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އިތުުރުކުރުމާއި ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުންކަމަށެވެ.

ހޫނު މޫސުމާއި ދިމާކޮށް ޔޫރަޕް މާކެޓަށް އަމާޒުކޮށް އެމްއެމްޕީއާރުސީން ހިންގުމަށް ހަމަޖެހިފައިވަނީ ހައި އިމްޕެކްޓް މާކެޓިން ހަރަކާތްތަކެކެވެ. މިއީ ސޯޝަލް މީޑިއާއި އަދި އެ ނޫންވެސް ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކޮށްގެން ވީހާވެސް ގިނަ ބަޔަކަށް އަމާޒުކޮށް މާކެޓްކުރުމަށް ހިންގާ ކެމްޕެއިން ހަރަކާތްތަކެކެވެ.

ރާއްޖެ ޕްރޮމޯޓްކޮށް، ރާއްޖެއަކީ އެންމެ ދާން ބޭނުންވާ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކުރުމަށް އިނގިރޭސިވިލުތުގައި ދަނީ އައުޓް ޑޯރ ކެމްޕެއިންތަކެއް ކުރިއަށްގެންދަމުންނެވެ. މި ކެމްޕެއިންގެ ތެރެއިން ލަންޑަންގެ އަންޑަގްރައުންޑް އަދި ބަސްތަކުގެ އިތުރުން ކާރުތަކުގައި އިޝްތިހާރުތައް ހަރުކޮށް ދަނީ މާކެޓްކުރަމުންނެވެ. މިއީ ވިޒިޓާ އެންގޭޖްމަންޓްތަކާއި ސަމާ ބުކިންތައް އިތުރުކުރުމަށް އިނގިރޭސިވިލާތުގެ މަޝްހޫރު ޓްރެވަލް އޮޕަރޭޓަރެއްކަމުގައިވާ ޓްރެވަލްބޭގް (ޑީނާޓާ ޔޫކޭ) އާއެކު ކުރިއަށްގެންދާ ޖޮއިންޓް ޕްރޮމޯޝަނަލް ކެމްޕޭނެއްކަމަށް އެމްއެމްޕީއާރުސީއިން ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ އިތުރުން ޖަރުމަނުވިލާތުގައިވެސް ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީއިން ދަނީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަމުންނެވެ. އެގޮތުން ވިޔަފާރިތަަކަށް އަމާޒުކޮށް ރީޓެއިލް ޕްރޮމޯޝަންތައް ދަނީ ހިންގަމުންމެވެ. އަދި ޖަރުމަނުވިލާތުގެ މަޝްހޫރު ޓްރެވަލް އޭޖެންސީއެއްކަމުގައިވާ ޓުއި އަދި ޑާޓުއާ އާއެކު ޖޮއިންޓް މާކެޓިން ކެމްޕޭނެއް ދަނީ ހިންގަމުންނެވެ. ހަމަމިއާއެކު، ޕޮލެންޑްގައިވެސް ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އިތުރުކުރުމަށް ބަސްތަކުގައި އިޝްތިހާރުތައް ހަރުކޮށް ރާއްޖެ އިޝްތިހާރުކުރަމުންދެއެވެ.

އިޓަލީގެ މަޝްހޫރި ޓްރެވަލް އޭޖެންސީ އަލްޕިޓޫރާއާއެކު ޖޮއިންޓް ޕްރޮމޯޝަނަލް ކެމްޕޭނެއް ހިންގަން ވަނީ ފަށާފައެވެ. އެގޮތުން، އަލްޕިޓޫރުގެ ޓުއާ އޮޕްރޭޓަރތައް ބޭނުންކޮށްގެން ޓެއިލަރޑް ހޮލިޑޭ ޕެކޭޖްތައް ދަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން، ސްޕެއިންއާއި ސްޕެނިޝް ބަހުން ވާހަކަ ދައްކާ މާކެޓްތަކަށް އަމާޒުކޮށް ކާރުތަކުގައި އިޝްތިހާރުތައް ހަރުކޮށް ރާއްޖެ ޕްރޮމޯޓްކުރަމުންދެއެވެ.

ރަޝިޔާ އަދި ސީއައިއެސްގައި ޕީއޭސީ ގްރޫޕާއެކު ޖޮއިންޓް ޕްރޮމޯޝަނަލް ކެމްޕޭނެއް އެމްއެމްޕީއާރުސީއިން ވަނީ ފަށާފައެވެ. މި ކެމްޕެއިނުގެ ތެރެއިން ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ވީޑިއޯތައް އެކި ސަރަހައްދުތަކުގައި ވަނީ ހަރުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު