Saturday, October 31
ޖޫންމަހުގެ އެއްވަނަ ދުވަހުން ފެށގެން އައިނު ހެއްދުމަށް އާސަންދައިން ދޭ ކަވަރޭޖް ބޮޑުކުރައްވާނެ ކަމަށް ރައިސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ޞިއްހަތު ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މީގެ ކުރިން އާސަންދައިން އައިނު ހެއްދުމަށް ދޭ ހިލޭ އެހީގެ އަދަދަކީ އެއްހާސް ރުފިޔާ ކަމަށެވެ. ނަމަވެސް ޖޫން މަހުގެ އެކަކުން ފެށިގެން މިއަދަދު ދެހާސް ރުފިޔާ އަށް ބޮޑުކުރަން ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ދެ އަހަރުން އެއް އަހަރު އައިނު ހައްދަން ލިބޭ 1،000 ރުފިޔާ ދެ ބޮޑުކޮށްދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެގޮތުން، އެކަމަށް ޓަކައި ބޭނުންވާ ހަދަން ޖެހޭ ހުރިހާ ހިސާބުތަކެއް ހަދާ ނިންމައި މިހާރު ދޭ ރުފިޔާ ބޮޑުކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް މިއަދު ސިޓީ ފޮނުވާފައިވާ ކަމަށް އެމަނިކުފާނު މިރޭ ވިދާޅުވިއެވެ.

 ނަމްބަރު އައިނު ހައްދަން ޖެހޭ މީހުންނަށް އާސައިންދައިން ލިބޭ 1،000 ރުފިޔާގެ އިތުރުން ބޮޑު ހޭދައެއް ކުރަން ޖެހުމަކީ ގިނަބައެއްގެ ޝަކުވާއެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު