Saturday, October 31
އަމާޒަކީ ސެޕްޓެމްބަރުމަހާ ހަމައަށް ހުރިހާ ފުލެޓެއްގެ މަސައްކަތް ނިންމުން: ވަޒީރު މުއްތަލިބް

ހުޅުމާލޭގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރަމުންދާ 4000 ފްލެޓްގެ ތެރެއިން މިހާތަނަށް 1000 ފްލެޓްގެ އަމަލީ މަސައްކަތް ނިމިފައިވާކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، ނިމިފައިވާ ފްލެޓްތައް ލިބޭ ފަރާތްތަކާ ހަވާލުކުރުމަށްޓަކައި އެގްރީމެންޓް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ކަމަށެވެ. ޖުލައި މަހުގެ ނިޔަލަށް އިތުރު 1000 ފްލެޓް ނިމޭނެ ކަމަށާއި އަދި މި ފްލެޓްތަކަށް ކަރަންޓާއި ފެނުގެ ޚިދުމަތްވެސް ޖުލައި މަހަށް ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމައެހެންމެެ، އަމާޒަކީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 4000 ފްލެޓްގެ މަސައްކަތް އެއްކޮށް ނިންމައި ހަވާލުކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ކުރީގެ ސަރުކާރުން ފްލެޓް ލިބޭ ފަރާތްތަކާއެކު ހަދާފައިވާ އެގްރީމެންޓްތައް ބަލައިނުގަންނަ ނަމަވެސް، އަލުން އެގްރީމެންޓްތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށާއި މި މަސައްކަތް ފެށޭނީ ކުރިއަށް އޮތް އީދު ބަންދަށްފަހުގައި ކަމަށެވެ.

"އެގްރީމެންޓްތައް ހަދަން ފަށާއިރު ވެސް ފުރަތަމަ ނިމެން ގާތްވެފައި ހުރި ފްލެޓްތަކަށް އިސްކަންދޭނަން. އަޅުގަނޑުމެންގެ ބޭނުމަކީ އެ ތަންތަން ނިމޭއިރަށް މީހުންނަށް ވަދެވޭ ވަރު ކުރުން،" ވަޒީރު މުއްތަލިބް

ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މިހާރުވެސް ފްލެޓްތަކުގެ ލޯނުތަކަށް ސަރުކާރުން ފައިސާ ދައްކަން ފަށާފައިވާ ކަމަށެވެ. އަދި ފްލެޓްތަކުގެ މަސައްކަތް އަވަސް ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭ ފްލެޓްތަކަކީ ގިނަ އަދަދެއްގެ ރައްޔިތުންނަށް ގެދޮރުވެރިކަން ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަން ފާހަގަކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު