Monday, October 12
އެމްއޭސީއެލްގެ ޗެއަރޕާސަންގެ މަޤާމަށް ނޫރައިން

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޗެއާޕާސަންގެ މަގާމަށް އެމްއެމްޕީއާރްސީގެ ކުރީގެ ޗެއާޕާސަން އައިޝާ ނޫރްއައިން ޖަނާހު އަދި ހަމަޖައްސައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެމްއޭސީއެލްގެ ޗެއާޕާސަން ކަމަށް ހ. ސީސައިޑް، ނޫރައައިން އައްޔަން ކޮށްފައިވާ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމުން ނޫރްއައިން ވަނީ ގާތްގަޑަކަށް ހަމަސްދުވަސް ފަހުން އިސްތިއުފާ ދެއްވާފައެވެ.

އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެވެ.  އޭނާ އިސްތިއުފާދެއްވީ މިދިޔަ އަހަރުގެ އެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު