މާލެ-ތިލަފުށި ލިންކް މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާތީ މާލެއާއި ތިލަފުއްޓާ ދެމެދުގައިވާ ޗެނަލްތަކުން ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ގްރޭޓަރ މާލެ ކަނެކްޓިވިޓީ މާލެ-ތިލަފުށި ލިންކް މަޝްރޫޢުގެ މަސައްކަތް މާލެއާއި ތިލަފުއްޓާ ދެމެދުގައިވާ ތިން ޗެނަލްގައި ކުރިއަށްދާއިރު، މި ޗެނަލްތައް އާންމު ދަތުރުފަތުރަށް ބޭނުންކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ.
ނަމަވެސް، ފަހަކަށް އައިސް މި ޗެނަލްތައް އާންމު ދަތުރުފަތުރަށް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ މިއީ ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުޞަތު އޮތް ކަމަކަށްވުމާއެކު، މި މަޝްރޫޢުގެ މަސައްކަތް ނިމި، މި ސަރަހައްދު ބޭނުންކުރުމަށް ރަސްމީކޮށް ހުޅުވައިލެވެންދެން، އާންމު ދަތުރުފަތުރު ކުރުމަށް މި ތިން ޗެނަލް ބޭނުން ނުކުރުމަށް އަންގައިފައެވެ.
މި ލިޔުން ކިޔާލުމުން