މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް 4.85 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.
މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި މިއީ މޭ 27 ވަނަ ދުވަހު ކިރާފައިވާ މަހަށް ވާ ފައިސާއެވެ. އެގޮތުން އެ ކުންފުނިން ވަނީ 37 ދޯންޏަކަށް 4،851،652ރ. ރުފިޔާ ދައްކައިފައެވެ. މި ފައިސާ ޖަމާކޮށްދީފައިވަނީ މޭ 29 ވަނަ ދުވަހުއެވެ.
Fishing vessel payments have been credited to respective fishing vessel accounts. Credit settled period (27 May 2025). pic.twitter.com/nHFwMmNXjv
— MIFCO (@mifcomv) May 29, 2025
މިފްކޯއިން އަންނަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް މަސް ކިރާތާ 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ޖަމާކޮށްދެމުންނެވެ.
މަސްވެރި ސިނާއަތަކީ ދިވެހީންގެ ލޭނާރުގެ ގޮތުގައި އަލުން ފެންނާނެ ގޮތް ހެދުމަށް ބޭނުންވާ ފައިސާ މި ސަރުކާރުން ހަމަޖައްސާފައިވާ ކަމަށާއި، މަސްވެރި ސިނާއަތަށް ކުރިއަށް އޮތީ ބަހާރު މޫސުން ކަމަށް މީގެ ކުރިން ވަޒީރު ޝިޔާމް ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން