އާދިއްތަ, November 15
ޞައްޙަ ލިޔެކިޔުންތައް ނެތި އުޅެމުންދިޔަ ތިން ބިދޭސީއަކު ހުޅުމާލެއިން އަތުލައިގެންފި
ޞައްޙަ ލިޔެކިޔުންތައް ނެތި އުޅެމުންދިޔަ ތިން ބިދޭސީއަކު ހުޅުމާލެއިން އަތުލައިގެންފިއެވެ. އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކް ފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން، އިއްޔެ ރޭ ހުޅުމާލޭގައި ހުރި ބިދޭސީން ދިރިއުޅޭ އިމާރާތެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. މިގޮތުން މި އޮޕަރޭޝަނުގައި، ސައްހަ ލިޔެކިޔުންތައް ނެތި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު އަތުލައިގެންފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އިމިގްރޭޝަނުން ދަނީ ދޭތެރެދޭތެރެއިން މިފަދަ އޮޕަރޭޝަންތައް ހިންގަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު