Monday, November 16
ކުޅުދުއްފުށީ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރުގެ ބިންގާ އަޅައިފި
ކުޅުދުއްފުށި ސިޓީގެ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރުގެ ބިންގާ އިއްޔެ އަޅައިފިއެވެ. މިކަމަށްޓަކައި އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ކުޅުދުއްފުށި ސިޓީގެ ޓެކްނިކަލް އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރ އަދި ދަނާލު އެޅުމުގެ މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު، ޑރ. އަލީ ހައިދަރެވެ. މިއީ ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އާރުޑީސީން ދަނީ ކުޅުދުއްފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްވެސް ކުރަމުންނެވެ. މިގޮތުން މި މަޝްރޫޢުގެ %83 އަށްވުރެ ބޮޑު ބައި ނިމިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު