Saturday, October 31
މައުރަޒުން ވިޔަފާރިތަކަށް އިންވެސްޓްމަންޓްގެ ފުރުސަތު ލިބެން ފަށައިފި

އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން ވިޔަފާރިތަކަށް އިންވެސްޓްމަންޓްގެ ފުރުސަތުތައް ލިބެންފަށާފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން މިއަދު ހާމަކޮށްފިއެވެ. މި މައުރަޒުގައި ބޭރުގެ އިންވެސްޓަރުންވެސް ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ.

ބީސީސީގެ ޑިރެކްޓަރ އިންވެސްޓްމަންޓް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް މުޙައްމަދު އީމާން އަޙްމަދު ވިދާޅުވި ގޮތުގައި، "މައުރަޒުގައި ބައިވެރިވެފައިވާ ވިޔަފާރިތަކަށް މިހާރުވެސް އިންވެސްޓްމަންޓްގެ ފުރުސަތުތައް ލިބެމުން އަންނަ އަދި އެކަމާ ގުޅޭ ބައްދަލުވުންތައް ބޭއްވެމުން އަންނަ" ކަމަށެވެ.

އީމާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މައުރަޒަކީ ބައިނަލްއަޤްވާމީ މައިދާނުގައި ހުރި ފުރުސަތުތަކާއި ރާއްޖޭގައި ހުރި އުފެއްދުންތައް ގުޅުވައިދޭ ފުރުސަތެކެވެ. މިހާތަނަށް މައުރަޒަށް ލިބިފައިވާ ތަރުހީބާއެކު، ބީސީސީން ހާސިލުކުރަން ބޭނުންވާ އެންމެހައި ލަނޑުދަނޑިތައް ހާސިލުވާނެކަމުގެ ޔަޤީންކަން އެބައޮތެވެ.

މައުރަޒުގެ ތަފްސީލު:

  • 14 ކެޓަގަރީ،
  • 82 ސަބް ގިންތި،
  • 383 ބައިވެރިން
  • އެންމެ ގިނަ ބައިވެރިން: އަތްތެރި މަސައްކަތުގެ ދާއިރާ

މި މައުރަޒަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ދިވެހި އުފެއްދުންތަކަށް އިތުރު މާކެޓެއް ލިބި، ވިޔަފާރިތަކަށް ފައިދާވަމުންދާކަން ވެސް ފާހަގަކުރެވެއެވެ.

މި މައުރަޒު މިމަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކޮންމެ ދުވަހަކު ހަވީރު 4 އިން ރޭގަނޑު 11 އަށް ހުޅުވިފައި ހުންނާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު