މާލެ ސިޓީ ކައުންސިލްގެ ހަފްލާތަކުގައި ދުފުމަށް ބޭނުން ކުރާ އެއްވެސް ބާވަތެއް ބޭނުން ނުކުރުމަށް ކައުންސިލުން ނިންމައިފި އެވެ.
ކައުންސިލުން މި ގޮތަށް ނިންމީ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ހުށަހެޅުމަކާ ގުޅިގެން މިއަދު ބޭއްވި، އެ ކައުންސިލްގެ އާންމު ޖަލްސާގައެވެ.
މިއަދުގެ ޖަލްސާގައި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ އެއްވެސް ހަފުލާއެއްގައި ދުފުމަށް ބޭނުން ކުރާ އެއްވެސް ބާވަތެއް ބޭނުން ނުކުރާނެ ކަމަށެވެ.
މި ހުށަހެޅުމާ ގުޅޭގޮތުން މިއަދުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު ވިދާޅުވީ އިންސާނުންގެ ޞިއްޙަތަށް ބަލާއިރު ދުފުމަކީ ވެސް ގެއްލުން ހުރި ކަމެއް ކަމަށާއި، ދުނިޔޭގެ ޞިއްޙީ މާހިރުން ދެއްވާ ލަފަޔާއި އިރުޝާދުގެ މަތިން، އެންމެންގެ ރައްކަލަކަށް ޓަކައި، ދުފުމަށް ބޭނުން ކުރާ އެއްވެސް ބާވަތެއް ކައުންސިލްގެ ހަފްލާތަކުގައި ބޭނުން ނުކުރުމަށް ތާއީދުކުރައްވާ ކަމަށެވެ.
ކައުންސިލްގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލްގެ ގިނަ މެންބަރުން ވަނީ މި ކަމަށް ތާއީދު ކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން