ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ މައްސަލައަކާ ގުޅިގެން ތިން ބިދޭސީއަކު ޑީޕޯޓުކުރަން ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމައިފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށް ޑީޕޯޓުކުރުމަށް ނިންމާފައިވަނީ އިންޑިއާ ތިން މީހުންނެވެ. އެއީ ސަހަޔާ އަޖިން ފްރެންޗިސް (27އ) އާއި ކަރުއްޕިއަހް ސުއްބައިއާ (52އ) އާއި ސައުތަރާ ރަޖަން އަނަންޗާ ޕެރުމަލް (49އ) އެވެ.
ބަނގުރާ ގެންގުޅެ، ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، މޭ 26 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މާލޭ މަގުމަތިން އެ ތިން މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު ތިން ފުޅި ބަނގުރާ ފެނިފައިވާ ކަމަށާއި،ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 30 ފުޅިއާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 5 ލީޓަރުގެ ތިން ފުޅިވެސް ފެނިފައިވާ ކަމަށެވެ.
އަދި އެ ތިން މީހުންވެސް ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާއިރު، މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމުގައި ފުލުހުން ބުންޏެވެ.
މި ލިޔުން ކިޔާލުމުން