Saturday, October 31
ޑިފެންސް މިނިސްޓްރީއަށް ދެ ޖެޓްސްކީ ހޯދަން އިއުލާން ކޮށްފި

ޑިފެންސް މިނިސްޓްރީއަށް ބޭނުންވާ ދެ ޖެޓްސްކީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އެ މިނިސްޓްރީން މިއަދު އިޢުލާންކޮށްފިއެވެ.

މިނިސްޓްރީން މިއަދު ގެޒެޓުކުރި އިޢުލާނުގައި ބުނެފައިވާ ގޮތުގައި، ހޯދަން ބޭނުންވަނީ މުޅިން އައު، ކޮލިޓީ ރަނގަޅު ދެ ޖެޓްސްކީއެވެ. މި ތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޖޫން 4 ވާ އާދީއްތަ ދުވަހުގެ މެންދުރު 1:00 ގައި ޑިފެންސް މިނިސްޓްރީއަށް ގޮސް އަންދާސީ ހިސާބު ހުށަހެޅޭނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ޝީޓް ވަނީ ގެޒެޓުގައި އިޢުލާނާއެކު ޝާއިޢުކޮށްފައެވެ. އަދި މަޢުލޫމާތު ޝީޓަށް އެއްވެސް ބަދަލެއް ގެންނަ ނަމަ، އެ ބަދަލެއް ހިމެނޭ މަޢުލޫމާތު ޝީޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް tender@defence.gov.mv އަށް އީމެއިލް ކުރެވޭނެ ކަމަށާއި، ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރު 13:00 އާ ދެމެދު 3327881 ނަންބަރަށް ގުޅައިގެންވެސް މަޢުލޫމާތު ސާފު ކުރެވޭނެ ކަމަށް މިނިސްޓްރީން އަންގާފައިވެއެވެ.

މީގެ އިތުރުން، ޑިފެންސް މިނިސްޓްރީން މިއަދު ވަނީ އެހެން ގިނަ އަދަދެއްގެ ތަކެތި ހޯދުމަށްވެސް އިޢުލާން ކޮށްފައެވެ. މީގެ ތެރޭގައި އިންޓަރެކްޓިވް ސްމާޓް ބޯޑަކާއި ސައުންޑް ސިސްޓަމެއް، 10 ސައިކަލު، ޓީވީތަކެއް، 25 ލެޕްޓޮޕް، ކަނޑު އުޅަނދުތަކެއްގައި ހަރުކުރުމަށް ރާޑަރު ސިސްޓަމްތަކަކާއި އެކްސަސަރީސް، އަދި ލައިފްޖެކެޓު ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު