Saturday, October 31
ދޯނިފަހަރުގައި ކަންނެލި ގެންގުޅެނެ ގޮތުގެ ސެމިނަރ އެއް ބާއްވައިފި

މަސްވެރިކަމުގެ ސިނާއަތުގައި ބްލޫ އިކޮނޮމީ ޕްރޮމޯޓްކޮށް އެން ރައްކަތެރިކުރުމާ ދޯނިފަހަރުގައި ކަންނެލި ގެންގުޅެނެ ގޮތުގެ ސެމިނާ އެއް ފަށައިފިއެވެ.

މީރުމާ ހޮޓެލްގައި ފެށި ސެމިނާ ޝަރަފްވެރިކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވަފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯ އެވެ. މި ރަސްމިއްޔާތުގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީ އަހުމަދު ޝިޔާމް އާއި ވުޒާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ސެމިނާގައި މަސްވެރިކަމުގެ ސިނާއަތަށް އަންނަ ކުރިއެރުންތަކާ ޓެކްނޮލޮޖީގެ އެހީގައި ދިރޭ އެން ދޯނީގައި ރައްކާ ކުރާނެ ގޮތުގެ މައުލޫމާތު ދެވޭނެ އެވެ. އަދި ވަން ބައި ވަން ޕޯލް އެންޑް ލައިން އަދި ހެންޑްލައިން ޓޫނާ މަސްވެރިކަމާ ގުޅޭގޮތުން މައުލޫމަތު ދެވޭނެ އެވެ.

މީގެ އިތުރުން މަސްވެރިކަމުގެ ސިނާއަތުގައި ވިޔަފާރިތައް ގުޅުވާލުމާ ގުޅޭގޮތުންވެސް ސެމިނާގެ ބައިވެރިންނަށް މައުލޫމާތުދެވޭނެ އެވެ. އަދި މަސްވެރިކަމުގެ ދެމެހެއްޓެނިވިކަމާއި، ފެންވަރާއި، ދުނިޔޭގެ ވާދަވެރިކަން ކުރިއެރުވުމުގެ މައުލުމާތުވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫއުގެ ސަބަބުން ޓޫނާ ރިންގް ތައާރަފްކޮށް، އިކެޖިމޭ މެތޯޑް ތަންފީޒުކޮށްގެން ކަންނެލީގެ ކޮލިޓީ ދެމެހެއްޓުމަށް މަސް ދޯނިފަހަރުގައި އަމަލުކުރާނެ ގޮތާ ގުޅޭ މައުލޫމާތު މި ސެމިނާގައި ދެވިގެންދާނެ އެވެ.

މީގެ އިތުރުން މޮޑިފައިޑް ބެއިޓް ޓޭންކްތައް ތައާރަފް ކުރުމުން އެމުގެ ވަސީލަތްތައް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ކުދި އުފެއްދުންތެރިންނަށް އެމީހުންގެ އުފެއްދުންތައް މާކެޓަށް ގެނައުމަށް އެހީތެރިވުމަށް އެންމެން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ކަމުގެ ތަޖުރިބާކާރުންނާއި ކަމުގެ މާހިރުން މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު