Saturday, October 31
ކަނޑޫދޫ ސްކޫލް ދަރިވަރެއްގެ އިނގިލި އެ ސްކޫލްގެ ޓީޗަރަކު ބިންދާލި މައްސަލައެއް ބަލަނީ

ތ. ކަނޑޫދޫ ސްކޫލް ދަރިވަރެއްގެ އިނގިލި އެ ސްކޫލްގެ ޓީޗަރަކު ބިންދާލި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ އިއްޔެ ހެނދުނު 10:55 ހާއިރު ކަނޑޫދޫ ސްކޫލްގެ ދަރިވަރެއްގެ އިނގިލި އެ ސްކޫލްގެ ބިދޭސީ ޓީޗަރެއް ހިފައި އަނބުރާލައި ހުޅުން ނައްޓާލި މައްސަލައެއްގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އަނިޔާ ލިބުނު ކުއްޖާއަށް ތ. ވޭމަންޑޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުންދާ ކަމަށާއި، މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު