Saturday, October 31
އުއްތަމަފަނޑިޔާރު ނުގުޅުއްވާ، ފަތުރަނީ ދޮގު ޚަބަރެއް: ރައީސް ނަޝީދު
ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލައަކާއި ގުޅޭގޮތުން އުއްތަމަފަނޑިޔާރު އަލްއުސްތާޛު މުޢުތަސިމް ޢަދުނާނު, މުއާމަލާތް ކުރެއްވި ކަމަށް ބުނެ ރާއްޖެއެމްވީ ފަތުރަމުންދާ ޚަބަރަކީ ދޮގެއް ކަމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދޮގު ކުރައްވައިފި އެވެ. އެކަން ދޮގު ކުރައްވާ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އޮފީހުން ވަނީ ބަޔާނެއް ވެސް ނެރުއްވާފައެވެ. "އަލިފުން ޔާޔަށް އޭގައި ހުރި ހުރިހާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު" ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ބަޔާނުގައި ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ މުއުތަސިމް އަދުނާނަކީ އެމަނިކުފާނުގެ ނަޒާހަތްތެރިކަމާމެދު ދުވަހަކު ވެސް ސުވާލު އުފެދިފައިވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި ތެދުވެރިކަމާއި އަމާނަތްތެރިކަމާ އެކުގައި މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އުފުއްލަވާނެ ބޭފުޅެއް ކަމާމެދު ވެސް ކުޑަވެސް ޝައްކެއް އުފެދިފައިވާ ބޭފުޅެއް ނޫންކަމަށެވެ. އުއްތަމަ ފަނޑިޔާރުގެ މަގާމަށް މުއުތަސިމް އައްޔަނު ކުރީވެސް އެ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވަނީ އެފަދަ ފިތުނަވެރި ދޮގު ވާހަކަރައް ފެތުރުން ހުއްޓާލަން ގޮވާލައްވާފަ އެ

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު