Saturday, October 31
މައުރަޒުގެ 13 އުފެއްދުމެއް ރައީސް މުއިއްޒު ބައްލަވައިގެންފި

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ އުފެއްދުންތެރިކަމުގެ މައުރަޒުން 13 އުފެއްދުމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވައިގެންފިއެވެ.

މި މައުރަޒުގައި ދިވެހިންގެ ބޮޑު ސަމާލުކަމެއް ލިބުނު އިސްލާމީ މަރުކަޒުގެ މޮޑެލް ރައީސް އޮފީހަށް ގެންދެވުނު އިރު، އިތުރު 13 އުފެއްދުމެއް ރައީސް ވަނީ އަމިއްލަފުޅަށް ބައްލަވައިގަަންނަވައިފަައެވެ.

ތ. ވޭމަންޑޫއަށް އުފަން އަލީ މާހިރު ތައްޔާރުކުރި އިސްލާމީ މަރުކަޒުގެ ތަފްސީލީ މޮޑެލްއަކީ މުޅި މައުރަޒުން އެންމެ މަތިން މާކްސް ލިބިގެން ފަސްވަނަ ހޯދި އުފެއްދުމެވެ. މިދިޔަ ހުކުރު ދުވަހު މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައިވެސް ރައީސް ޑރ. މުއިއްޒު ވަނީ މި މޮޑެލް ބައްލަވައި ތައުރީފް ކުރައްވާފައެވެ.

ޖުމްލަމްލަ 383 ހުށަހެޅުމެއް ހިމެނޭ މި މައުރަޒުގައި މާހިރުގެ މި މޮޑެލްވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ އުފެއްދުމަކަށް ވެފައެވެ. ރައީސް އޮފީހުން ބައްލަވައިގަތް 10 އުފެއްދުމުގެ ތެރޭގައި އިސްލާމީ މަރުކަޒުގެ މޮޑެލް އާއި އުތީމު ގަނޑުވަރުގެ މޮޑެލް ހިމެނެއެވެ.

މާހިރު މި މޮޑެލްގެ މަސައްކަތް ފެށީ މިދިޔަ ނޮވެމްބަރު މަހުގައެވެ. ގާތްގަނޑަކަށް ހަ މަސް ދުވަހުގެ ތެރޭގައި ފުރިހަމަކުރި މި މޮޑެލްގައި 200 އަށްވުރެ ގިނަ ވަކިވަކި ބައި ހިމެނެއެވެ. މި މޮޑެލްގެ ދިގުމިނުގައި ދެ ފޫޓު ބައި ހުންނައިރު، ފުޅާ މިނުގައި ދޮޅު ފޫޓު ވަރު ހުންނާނެއެވެ.

ކުރީގެ ރައީސް މައުމޫން ވެރިކަމުގައި ބޭއްވުނު އުފެއްދުންތެރިކަމުގެ މައުރަޒުތަކުންވެސް ބައެއް އުފެއްދުންތައް ބައްލަވައިގަނެ، މުލިއާގެ، ހިލާލީގެ އަދި ތީމުގެ ފަދަ ދައުލަތުގެ ރަސްމީ ގެކޮޅުތަކުގައި ބޭނުންކުރެވިފައިވާކަން ފާހަގަކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު