އާދިއްތަ, November 15
އާރުޑީސީގެ ދިއްދޫ ސައިޓުގެ މަސައްކަތް ކުރިއަށްދާ ގޮތް އެމްޑީ ޒުހައިރު ބައްލަވާލައްވައިފި
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރު، އާރުޑީސީގެ ހއ. ދިއްދޫ ސައިޓުގައި މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިއެވެ. އާރުޑީސީން މިއަދު ބުނީ އެ ސައިޓުގެ މަސައްކަތް ކުރިއަށްދާ ގޮތް އެމްޑީ ބައްލަވާލައްވާފައިވަނީ ނޯތު ރީޖަންގެ ބައެއް ރަށްތަކުގައި އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކަމަށެވެ. މިގޮތުން އެމްޑީ ޒުހައިރު ވަނީ މިއަދު ހއ. ދިއްދޫއަށް ވަޑައިގެން ސައިޓުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ބައްދަލުކުރައްވައި، މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފައެވެ. މި ވަގުތު އުތުރު ސަރަހައްދުގައި އާރްޑީސީން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރޭގައި ތިން ރަށެއްގެ މަގުހެދުމުގެ މަޝްރޫޢު ހިމެނެއެވެ. އެއީ ހއ. ދިއްދޫ، ހއ. އިހަވަންދޫ، އަދި ކުޅުދުއްފުށި ސިޓީއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު