ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ އިޖުތިމާޢީ ޒިންމާގެ ދަށުން ރ. އަތޮޅު މަޑުއްވަރީގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގައި އެ ކުންފުނިން ބުނެފިއެވެ.
މިގޮތުން އާރުޑީސީން ހާމަކޮށްފައިވާ ގޮތުގައި އެ ކޯޕަރޭޝަންގެ އިޖުތިމާއީ ޒިންމާގެ ދަށުން ރ. މަޑުއްވަރީ ކުޑަކުދިންގެ ޕާކުގައި ޓާފް އެޅުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ.
މި ކޯޕަރޭޝަންގެ އިޖުތިމާއީ ޒިންމާގެ ދަށުން ރ. މަޑުއްވަރީ ކުޑަކުދިންގެ ޕާކުގައި ޓާފް އެޅުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ. މީގެ އިތުރުން ރ. މަޑުއްވަރީ ސުކޫލްގެ ޓާފްއަށް ރަބަރު އިން ފިލް ކުރުމުގެ މަސައްކަތް އަދި ޕްރީ ސުކޫލްގައި ޓާފް އެޅުމުގެ މަސައްކަތް ވެސް ވަނީ ކުރެވިފައެވެ.… pic.twitter.com/bi3WKgP6AM
— Road Development Corporation Ltd (@rdcmaldives) May 26, 2025
މީގެ އިތުރުން ރ. މަޑުއްވަރީ ސުކޫލްގެ ޓާފްއަށް ރަބަރު އިން ފިލް ކުރުމުގެ މަސައްކަތާއި، ޕްރީ ސުކޫލްގައި ޓާފް އެޅުމުގެ މަސައްކަތް ވެސް ކުރެވިފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
އާރުޑީސީން ދަނީ އެ ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި މުޖުތަމަޢަށް ބޭނުންވާ މިފަދަ މުހިންމު ކަންތައްތައް ފުރިހަމަކޮށްދެމުންނެވެ.
މި ލިޔުން ކިޔާލުމުން