Saturday, October 31
އިއްޔެ 60 ކައިވެންޏާއި 08 ވަރި ސާބިތުކުރެވުނު: ފެމިލީ ކޯޓު

މި އަހަރުގެ އެންމެ ރީތި ތާރީޚް ކަމަށް ފާހަގަކުރެވޭ 25.05.2025 (އިއްޔެ) 60 ކައިވެންޏެއް ޢަޤުދުކޮށްދީފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.

އެ ކޯޓުން މިއަދު ހާމަކުރި ގޮތުގައި އިއްޔެ އެ ކޯޓުން ޖުމުލަ 60 ކައިވެންޏެއް ކޮށްދީފައިވާއިރު، ވަރިއާ ގުޅުންހުރި 10 މައްސަލައެއްވެސް އިއްޔެ ވަނީ އެ ކޯޓަށް ހުށަހެޅިފައެވެ. އަދި އިއްޔެ އެ ކޯޓުން ވަނީ 08 ވަރި ވެސް ސާބިތުކޮށްދިފައެވެ.

އިއްޔެ މާލޭގައި ގިނަ ކައިވެނިތަކެއް ކޮށްފައިވާއިރު، އަތޮޅު ތެރޭގެ ރަށްތަކުގައިވެސް ގިނަ ބަޔަކު ކައިވެނި ކޮށްފައިވާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް، އެކަމުގެ ތަފްޞީލެއް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

ރީތި ތާރީޚްތަކުގައި ކައިވެނި ކުރުމަކީ ދިވެހިންގެ ތެރޭގައި މިހާރު އާންމުވެފައިވާ އާދައެކެވެ. އެގޮތުން ކޮންމެ އަހަރަކުވެސް އަންނަ މިފަދަ ދުވަސްތަކުގައި ކުރާ ކައިވެނީގެ އަދަދުތައް އިތުރުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު