Saturday, October 31
އަރަފާތުދުވަހު ޚުތުބާ ދެއްވާނީ މަސްޖިދުލްޙަރާމްގެ އިމާމު ޑރ. ޞާލިޙު ކަމަށް ކަނޑައަޅުއްވައިފި

މައްކާ މުކައްރަމާ، 1445 ހ. - މި އަހަރުގެ ޢަރަފާތު ދުވަހުގެ ޚުޠުބާ މަސްޖިދުއްނަމިރާގައި ދެއްވާނީ އަލްމަސްޖިދުލްޙަރާމްގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞާލިޙު ބުން ޢަބްދުالله ޙުމައިދު ކަމުގައި ސަޢުދީ ރަސްގެފާނު ސަލްމާން ބުން ޢަބްދުލް ޢަޒީޒް ވަނީ ކަނޑައަޅުއްވާފައެވެ.

މިއަދު ހާމަކުރެވުނު މި ނިންމެވުމަކީ ކޮންމެ އަހަރަކުވެސް ސީދާ ރަސްގެފާނު އަމިއްލަފުޅަށް ނިންމަވާ ކަމެކެވެ. ޢަރަފާތު ދުވަހުގެ ޚުޠުބާއަކީ މުޅި އިސްލާމީ އުންމަތުން ބޮޑު އިންތިޒާރެއްގައި ތިބޭ ޚުޠުބާއެކެވެ.

ފަޟީލަތުއްޝައިޚް ޑރ. ޞާލިޙު ބުން ޢަބްދުالله ޙުމައިދަކީ ވަރަށް ޅަ އުމުރުގައި ކީރިތި ޤުރުއާން ހިތުދަސްކުރައްވައި ޙާފިޒުކަން ހާސިލުކުރެއްވި ބޭފުޅެކެވެ. އަދި މިހާރު އެ މަނިކުފާނަކީ ވަރަށް ރީތިކޮށް ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވެ، ފަސާޙަތްތެރިކަމާއެކު ޚުޠުބާ ދެއްވާ މަޝްހޫރު ޢިލްމުވެރިއެކެވެ.

ޢަރަފާތު ދުވަހުގެ ޚުޠުބާއަކީ އިސްލާމީ ތާރީޚުގައި ވަރަށް މުހިންމު މަޤާމެއް ދެވިފައިވާ ޚުޠުބާއެކެވެ. މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަރަފާތުގައި ދެއްވި ޚުޠުބާއިން މުޅި އިންސާނިއްޔަތަށް އަގުހުރި އިރުޝާދުތަކެއް ލިބިގެން ދިޔައެވެ. އެހެންކަމުން، މި އަހަރުގެ ޢަރަފާތު ދުވަހުގެ ޚުޠުބާއަށްވެސް ގިނަ މުސްލިމުން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު