Saturday, October 31
އާރްޑީސީގެ އެމްޑީ އިހަވަންދޫ ސައިޓުގެ މުވައްޒަފުންނާ ބައްދަލު ކުރައްވައިފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރު، ހއ. އިހަވަންދޫ ސައިޓުގައި މަސައްކަތްކުރާ މުވައްޒަފުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމަކީ އުތުރު ސަރަހައްދުގެ ބައެއް ރަށްތަކުގައި އާރްޑީސީން ހިންގަމުންދާ މަޝްރޫޢުތަކުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެއްގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.

އާރްޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އެމްޑީގެ މި ދަތުރުފުޅުގައި އިހަވަންދޫގެ އިތުރުން ކުޅުދުއްފުށި ސިޓީގެ މަގުހެދުމުގެ މަސައްކަތްތައް ވެސް ބައްލަވާލައްވާނެއެވެ. މި ވަގުތު އުތުރު ސަރަހައްދުގައި އާރްޑީސީން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރޭގައި ތިން ރަށެއްގެ މަގުހެދުމުގެ މަޝްރޫޢު ހިމެނެއެވެ. އެއީ ހއ. ދިއްދޫ، ހއ. އިހަވަންދޫ، އަދި ކުޅުދުއްފުށި ސިޓީއެވެ.

ކުޅުދުއްފުށި ސިޓީގައި އާރްޑީސީން ހިންގަމުންދާ މަސައްކަތުގެ ތެރޭގައި މަގުހެދުމުގެ އިތުރުން ދުވާރު ހެދުމުގެ މަސައްކަތްވެސް ހިމެނެއެވެ. މި ދަތުރުފުޅުގައި އެމްޑީ މި މަސައްކަތްތައް ބައްލަވާލައްވާ، މަސައްކަތުގެ ކުރިއެރުން ވަޒަންކުރައްވާނެ ކަމަށް ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު