Saturday, October 31
މަހިބަދޫ މަގު ހެދުމަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތް ކުރަމުން ދަނީ؛ އާރްޑީސީ

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އދ. މަހިބަދޫ ފުޓްސަލް ދަނޑާއި މަގު ހެދުމުގެ މަޝްރޫޢުއަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.

އާރްޑީސީން މަޢުލޫމާތު ދެއްވިގޮތުގައި، މަހިބަދޫ ފުޓްސަލް ދަނޑު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މިދިޔަ މަހު ފުޓްސަލް ދަނޑުގައި ހުރި ކުރީގެ ޓާފްތައް ނެގުމުގެ މަސައްކަތްވަނީ ނިންމާލާފައެވެ. މިއާއެކު، މަޝްރޫޢުގެ ދަށުން ކުރަންޖެހޭ އިތުރު މަސައްކަތްތައް ކުރުމަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

މަހިބަދޫ މަގު ހެދުމުގެ މަޝްރޫޢުއާ ގުޅޭގޮތުން އާރްޑީސީން ހާމަކުރި މަޢުލޫމާތުގައި، މި މަޝްރޫޢު އާރްޑީސީއާ ހަވާލުކުރެވުނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ކަމަށް ބުނެފައިވެއެވެ. 42.7 މިލިއަން ރުފިޔާގެ މި މަޝްރޫޢު 420 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަވާލުކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން 2.035 ކިލޯމީޓަރުގެ މަގުގައި ގާ އެތުރުމާއި، މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމްކުރުމުގެ އިތުރުން މަގުބައްތި ޖެހުމުގެ މަސައްކަތްތައް ހިމެނޭ ކަމަށް އާރްޑީސީން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު