Saturday, October 31
އެކުންފުނީގެ ސްޓޯލަށް ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރެއްވުމަކީ ލިބުނު ޝަރަފެއް ކަމަށް ސްޓެލްކޯއިން ހާމަކޮށްފި

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ޤާއިމުކޮށްފައިވާ ސްޓޯލަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ޒިޔާރަތްކުރެއްވުމަކީ ކުންފުންޏަށް ލިބުނު "ޚާއްޞަ ޝަރަފެއް" ކަމުގައި ސްޓެލްކޯއިން މިއަދު ބުނެފިއެވެ.

ސްޓެލްކޯގެ އެކްސް އެކައުންޓުގައި ޝާއިޢުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ރައީސް މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން މި ޒިޔާރަތުގައި ސްޓެލްކޯގެ ސްޓޯލާ ގުޅޭ މަޢުލޫމާތު ހޯއްދަވައި، ކުންފުނީގެ މުވައްޒަފުންނާއެކު ވަގުތުކޮޅެއް ހޭދަކުރެއްވިއެވެ. މި ޒިޔާރަތަށްޓަކައި ރައީސް މުޢިއްޒަށާއި އަނބިކަނބަލުންނަށް ޚާއްޞަ ޝުކުރެއް ދަންނަވާކަމަށްވެސް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާއިން އެއްވަނަ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. މިކަމަކީ ކުންފުނީގެ މަސައްކަތްތަކަށް ލިބުނު ބޮޑު ހިތްވަރެއް ކަމުގައި ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު