Tuesday, November 10
އެމްބީއެސްގެ ޚިދުމަތް ރަސްމީކޮށް އޮރެންޖު ހިޔާއަށް ބަދަލުކޮށްފި
އެމްބީއެސްގެ ޚިދުމަތާއި، ތެލެސީމިއާ ސެންޓަރ އޮރެންޖު ހިޔާއަށް ރަސްމީކޮށް ބަދަލުކޮށްފިއެވެ. މިއަދު އޮރެންޖު ހިޔާގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. މިރަސްމިއްޔާތުގައި މި އިމާރާތުގެ ވޯޑްތަކާއި ދެވޭ ޚިދުމަތްތަކާއި އެހެނިހެން ކަންކަން ރައީސް ވަނީ ބައްލަވާލައްވާފައެވެ. އޮރެންޖް ހިޔާގައި މިއަދު ބެއްވި މި ރަސްމިއްޔަތުގައި ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް ، ޑިފެންސް މިނިސްޓަރ ޢައްސާން މައުމޫން އަދި އެހެނިގެން ގިނ ަވަޒީރުން ބައިވެރިވަދައިގެންނެވިއެވެ. ތެލެސީމިއާ ސެންޓަރު ހުޅުމާލޭ، އޮރެންޖް ހިޔާއަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްފައިވަނީ ޤައުމީ ދިފާޢީ ބާރުންނެވެ. ތެލެސީމިއާ ސެންޓަރަށް ވަނީ ކުރީގެ ޑިޒައިނަށް ބައެއް ބަދަލު ގެންނަވާ، ކުޑަކުދިން ގަޔާވާފަދަ ގޮތަކަށް ބަދަލުތަކެއް ގެނެސްފައެވެ. މިއަހަރުގެ ތެލެސީމިއާ ދުވަސް ކަމަށްވާ މެއި މަހުގެ 8 ވަނަ ދުވަހު ރައީސް ވަނީ އެތަނުގެ ހިންގުން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސް އަށް ބަދަލުކުރައްވާފައެވެ. ތެލެސީމިއާ ދުވަހާއި ދިމާކޮށް 1994 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުންދިޔަ މޯލްޑިވިއަން ބްލަޑް ސަރވިސްގެ ޢިމާރާތުގައި ހިންގަމުންދިޔަ ތެލެސީމިއާގެ ޚިދުމަތްތައް މިހާރުވަނީ ހުޅުމާލޭ އޮރެންޖް ހިޔާއަށް ބަދަލުކޮށްފައެވެ. އަދި ޚިދުމަތް ހޯދުމަށް މާލެއިން ފަސޭހަކަމާއެކު ބަހުގައި ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެމްޓީސީސީންވަނީ އެސަރަޙައްދުގައި އިތުރު ބަސް ހުއްޓިއެއް ޤާއިމުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު