އަންހެނެއްގެ ލޯބިވެރިޔާއާއި ކުރީގެ ފިރިމީހާއާ ދެމެދު މާރާމާރީއެއް ހިންގައި އެކަކުގެ ބޯ ފަޅާލައިފިއެވެ.
ފުލުހުން ބުނީ ހުޅުމާލޭ ބުރެވިގަސް މަގުގައި ހުރި ލޮޓެއް ކައިރީ ހިންގި މާރާމާރީއެއްގެ މައްސަލަ މިއަދު 13:00 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ރިޕޯޓާ ގުޅިގެން ސީނަށް އެޓެންޑްވެ ބެލި ބެލުމުން އެނގިފައިވާ ގޮތުގައި، އަންހެނެއްގެ ކުރީގެ ފިރިމީހާއާއި މިހާރުގެ ލޯބިވެރިޔާއާ ދެމެދު ހިންގި މާރާމާރީއެއްގައި ޢާއިލާގެ އިތުރު ބަޔަކު ބައިވެރިވެ ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި މާރާމާރީގައި އެކެއްގެ ބޯ ފެޅި، ތަފާތު ކުދި އަނިޔާ އެ ދެމީހުންނަށްވެސް ލިބިފައިވާ ކަމަށެވެ. އަދި ދެ މީހުންނަށް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން