Saturday, October 31
މުލީ އެއާޕޯޓަށް ފުރަތަމަ ކޮމާޝަލް ފްލައިޓް ޖައްސައިފި، ދަތުރުތައް ކޮންމެ ހޮނިހިރަކު
މ. މުލީ އެއާޕޯޓަށް ފުރަތަމަ ކޮމާޝަލް ފްލައިޓް ޖައްސައިފިއެވެ. މިކަން ހާމަކޮށް އެ އެއާޕޯޓު ހިންގާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުސީއެލް) އިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މުލީ އެއާޕޯޓަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޮނިހިރު ދުވަހަކު ކަމަށެވެ. މިގޮތުން މާލެއިން 15:30 ގައި ނައްޓާލާ ފްލައިޓު މުލީ އެއާޕޯޓަށް ޖައްސާނީ އެ ދުވަހުގެ 16:45 ގައެވެ. މުލީ އެއާޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ މި މޭ މަހުގެ 20 ވަނަ ދުވަހު އެވެ. އެންމެ ފަހުގެ ޒަމާނީ ޚިދުމަތްތަކާއި ވަސީލަތްތަކާއެކު ޤާއިމުކޮށްފައިވާ މުލި އެއަރޕޯޓުގެ މަޝްރޫޢު ސަރުކާރުން ކުރިއަށްގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ. ޑޮމެސްޓިކް އުދުހުންތަކަށް ޚާއްސަ މި އެއަރޕޯޓުގައި 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއަކާއި، ފްލައިޓްތައް ޕާކުކުރާނެ އޭޕްރަން ވަނީ ތަރައްޤީކޮށްފައެވެ. އަދި ފަހުގެ ޒަމާނީ ޑިޒައިނަކަށް ފަރުމާކޮށްފައިވާ ޕަސެންޖަރ ޓަރމިނަލަކާއި، ކޮންޓްރޯލް ޓަވަރާއި، އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް ބޭނުންވާ އެނޫންވެސް ވަސީލަތްތައް ވަނީ ޤާއިމުކޮށްފައެވެ. މި މަޝްރޫޢަށް ދައުލަތުން 200 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު