Monday, November 16
އާޖެންޓީނާގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އާޖެންޓީނާގެ ޤައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން އެ ޤައުމުގެ ރައީސަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިގޮތުން ރައީސްގެ މެސެޖުގައި ވަނީ އާޖެންޓީނާގެ ސަރުކާރަށާއި ރައްޔިތުންނަށްވެސް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފައެވެ.

މީގެ އިތުރުން ރައީސްގެ މެސެޖުގައި ވަނީ އާޖެންޓީނާގެ ރައީސްގެ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އާޖެންޓީނާގެ ރައްޔިތުންގެ ކުރިއެރުމާއި ތަނަވަސްކަން ދެމިއޮތުމަށްވެސް އެދިވަޑައިގެން ހެޔޮއެދުންތައް ފޮނުއްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު