Saturday, October 31
މިއަދުގެ ރީތި ތާރީޚުގައި 59 ކައިވެނި

މި އަހަރުގެ އެންމެ ރީތި ތާރީޚް ކަމަށް ފާހަގަކުރެވޭ 25.05.2025 (މިއަދު) 59 ކައިވެންޏެއް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ހާމަކޮށްފިއެވެ.

އެ ކޯޓުން ހާމަކުރި ތަފާސްހިސާބަށް ބަލާއިރު، މިއަދު ރަސްމީ ގަޑީގައި 23 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާއިރު، ނުރަސްމީ ގަޑީގައި ކޮށްދޭ 36 ކައިވެންޏާއެކު މިއަދު ޖުމުލަ 59 ކައިވެނި މާލޭގައި ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު މާލޭގައި ގިނަ ކައިވެނިތަކެއް ކުރުމަށް ހަމަޖެހިފައިވާއިރު، އަތޮޅު ތެރޭގެ ރަށްތަކުގައިވެސް ގިނަ ބަޔަކު ކައިވެނި ކުރާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް، އެކަމުގެ ތަފްޞީލެއް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

ރީތި ތާރީޚްތަކުގައި ކައިވެނި ކުރުމަކީ ދިވެހިންގެ ތެރޭގައި މިހާރު އާންމުވެފައިވާ އާދައެކެވެ. އެގޮތުން ކޮންމެ އަހަރަކުވެސް އަންނަ މިފަދަ ދުވަސްތަކުގައި ކުރާ ކައިވެނީގެ އަދަދުތައް އިތުރުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު