Saturday, October 31
ސަންގު ޓީވީގެ 10ވަނަ އަހަރީ ދުވަހުގެ ހަފްލާ ރައީސްގެ ދެކަނބަލުން ޝަރަފުވެރި ކޮށްދެއްވައިފި

ސަންގު ޓީވީގެ 10ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އިއްޔެ ރޭ ބޭއްވުނު ޚާއްޞަ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފިއެވެ. މި ހަފްލާގައި ސަންގު ޓީވީގެ 2024ވަނަ އަހަރުގެ އެންމެ މޮޅު މުވައްޒަފަށް އެވޯޑް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

ސަންގު ޓީވީގެ މުވައްޒަފުންގެ ތެރެއިން 2024ވަނަ އަހަރު ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން މި ހަފްލާގައި ޖުމްލަ 7 އެވޯޑެއް ދެވުނެވެ. އޭގެ ތެރޭގައި "ސްޓާފް އޮފް ދަ އިޔަރ" އެވޯޑްވެސް ހިމެނެއެވެ.

މި އަހަރުގެ "ސަންގު ޓީވީ ސްޓާފް އޮފް ދި އިޔަރ 2024" އެވޯޑް ލިބިވަޑައިގަތީ މާހަތު ޙުސައިން ރަޝީދަށެވެ. އަދި "ބެސްޓް ނިއުސް އެންކަރ 2024" އެވޯޑް ލިބިވަޑައިގަތީ އަޒްފާ ރަޝީދަށެވެަށެވެ. "ބެސްޓް ޕްރޮގްރާމް ޕްރެޒެންޓަރ 2024" އެވޯޑް ލިބިވަޑައިގަތީ ފާތުމަތު މަދަދާއަށެވެ.

ހަފްލާގައި ސަންގު ޓީވީގެ 10 އަހަރުގެ ދަތުރު ދައްކުވައިދޭ ޚާއްސަ ވީޑިއޯ ރިޕޯޓެއް ދެއްކުނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސަންގު ޓީވީގެ މުވައްޒަފުންނާއެކު އަހަރީ ދުވަހުގެ ޚާއްސަ ކޭކުފެޅުއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު