އާދިއްތަ, November 1
ނޮޅިވަރަމްގައި މޫދަށް އެރި އުޅުނު މީހަކު ނިޔާވެއްޖެ

ހދ. ނޮޅިވަރަމްގައި މިއަދު ހަވީރު މޫދަށް އެރި އުޅުނު އުމުރުން 65 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ އެރަށު ފިލްމީސައިޑް އިބްރާހިމް އިސްމާއީލް (އިބްރާހިމްބެ) އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިބްރާހިމްބެ އެންމެ ފަހުން ފެނިފައިވަނީ މިއަދު ހެނދުނު 11:00 ހާއިރުއެވެ.

ނޮޅިވަރަމް ކައުންސިލް މެމްބަރު މުހައްމަދު މުސްތަފާ މައުލޫމާތު ދެއްވި ގޮތުގައި، އިބްރާހިމްބެ ގެއްލިގެން އާއިލާއިން ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 17:35 ހާއިރުއެވެ. އޭނާ ގެއްލިގެން ރިޕޯޓް ކުރުމާއެކު ފުލުހުންނާއި ކައުންސިލް އަދި ރަށުގެ ރައްޔިތުން ގުޅިގެން ހޯދުމުގެ މަސައްކަތް ފަށާފައިވެއެވެ.

މުސްތަފާ ވިދާޅުވި ގޮތުގައި، އިބްރާހިމްބެ ގެއްލުނު ޚަބަރު ލިބި ބައިގަޑިއިރު ތެރޭގައި އޭނާ ވަނީ މޫދުން ނަގައި ސިއްޙީ މަރުކަޒަށް ގެންގޮސްފައެވެ. އިބްރާހިމްބެ ފެނުނީ މޫދަށް އެރޭ ސަރަހައްދުގެ މޫދު އަޑިންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު