އާދިއްތަ, November 1
މައުރަޒުގައި ގައިދީންނާއި ޖަލު އޮފިސަރުންގެ އުފެއްދުންތައް ދައްކާލައިފި

އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވުޒާރާ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ކުރިއަށްގެންދާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" ގައި ގައިދީންނާއި ޖަލު އޮފިސަރުންގެ އުފެއްދުންތައް ދައްކާލައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މަޢުލޫމާތު ދެއްވާގޮތުގައި، މި މައުރަޒުގައި ގައިދީންނާއި ޖަލު އޮފިސަރުންގެ އުފެއްދުންތައް ދައްކާލާފައިވަފައިވަނީ ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕެރިސްކޯ) މެދުވެރިކޮށެވެ. މި މައުރަޒުގައި 21 ގައިދީއެއްގެ 16 އުފެއްދުމަކާއި ހަތަރު ޖަލު އޮފިސަރެއްގެ ހަތަރު އުފެއްދުމެއް ދައްކާލާފައިވާ ކަމަށް އެ މުއައްސަސާއިން ހާމަކުރެއްވިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި މައުރަޒުގައި ގައިދީންގެ އުފެއްދުންތައް ބައިވެރިކުރުވުމުގެ މަޤްޞަދަކީ، ގައިދީންނަށް އެމީހުންގެ ހުނަރުތައް މުޖުތަމަޢުއަށް ދައްކާލުމުގެ ފުރުޞަތު ހޯދައިދިނުމާއި، ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ތެރެއިން އެފަރާތްތަކަށް ދަސްކޮށްދޭ މަސައްކަތްތަކުން އުފައްދާ ތަކެތި ވިއްކައިގެން އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދިނުން ކަމަށް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވިއެވެ.

މީގެ އިތުރުން، މި މައުރަޒުގައި އުފެއްދުންތައް ދައްކާލުމަށް ބައިވެރިވި ގައިދީންގެ ތެރެއިން ތިން ގައިދީއަކަށް މައުރަޒަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ދެވިފައިވާ ކަމަށާއި، އިތުރު ގައިދީންނަށްވެސް އެ ފުރުޞަތު ދެވޭނެ ކަމަށް ކަރެކްޝަނަލް ސަރވިސްއިން ހާމަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު