Saturday, October 31
ދިރާގުން ކުދިން ބަލަހައްޓާ މަރުކަޒުތަކަށް 230،380ރ. ހަދިޔާ ކޮށްފި

ދިރާގުން އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދިޔަ ޕްރޮގްރާމެއްގެ ދަށުން، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓާ މަރުކަޒުތަކަށް 230،380 ރުފިޔާ ހަދިޔާކޮށްފިއެވެ.

އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) އިސްނެގުމުގެ ދަށުން ރޯދަމަހު ހިންގި މި ޕްރޮގްރާމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. މި ޕްރޮގްރާމަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މި އެހީގެ ފައިސާ ރަސްމީކޮށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި، އެ ވުޒާރާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ވަޒީރު ޑރ. އާއިޝަތު ޝިހާމް އެވެ. އަދި ދިރާގުގެ ފަރާތުން ފައިސާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދު އެވެ.

ދިރާގަކީ އިޖްތިމާއީ އެކި ދާއިރާތަކުން ރައްޔިތުންނަށާއި އެކި ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަބަދުވެސް ކުރިއަށް ހުންނަ ކުންފުންޏެކެވެ. އެ ކުންފުނީގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން މީގެ ކުރިން ވެސް ވަނީ ގިނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި އެހީގެ ފައިސާއިން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް އިތުރު ފައިދާތަކެއް ކުރާނެ ކަމަށް އުއްމީދު ކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު