Monday, November 9
ހައްޖުވެރިން ފުރާ ދުވަސްތަކުގައި ބާރު ބޮޑު ވާނެތީ ސަމާލުވާން އެދެފި
ހައްޖުގެ އަޅުކަން އަދާކުރުމަށް ޓަކައި އަންނަ ހޯމައިން ފެށިގެން ހުކުރުގެ ނިޔަލަށް ދިވެހި ހައްޖާޖީން ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވާތީ، އެ ދުވަސްތަކުގައި އެއާޕޯޓުގައި ޓްރެފިކު ތޮއްޖެހުން ބޮޑުވާނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ހައްޖުވެރިން ފުރަން ތައްޔާރުވަމުންދާތީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ސަރަހައްދުގައި އިތުރު ފުލުހުން ހަރަކާތްތެރި ވާން ނިންމައިފި އެވެ. ފުލުހުން ބުނިގޮތުގައި މިގޮތަށް ނިންމާފައި ވަނީ ހައްޖުވެރިން ފުރާ ދުވަސްވަރު އެއާޕޯޓުގައި ޓްރެފިކް އިތުރުވެ، ތޮއްޖެހުން ބޮޑުވާނެ ކަމަށް ލަފާކުރެވޭތީ އެވެ. ހައްޖުވެރިން ސައުދީ އަރަބިއްޔާއަށް ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26، 27، 29 އަދި 30 ވަނަ ދުވަހު އެވެ. މި ދުވަސްތަކުގައި އެއާޕޯޓުގެ ޓްރެފިކް ބެލެހެއްޓުމަށް އިތުރު ފުލުހުން ނެރޭނެ ކަމަށް ފުލުހުން ބުނެ އެވެ. އެއާޕޯޓުން ފުރާ އެހެން ފަސިންޖަރުންނަށް ވެސް މި ދުވަސްވަރު ލަސްތަކެއް ދިމާވުން އެކަށީގެންވާތީ، ދަތުރުކުރާ ފަރާތްތަކުން ވަގުތު އޮއްވާ އެއާޕޯޓަށް ދިއުމަށް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ. އަދި ހައްޖުވެރިންނާއެކު އެއާޕޯޓަށް ދާ މީހުންނާއި އުޅަނދު ދުއްވާ ފަރާތްތަކުން ފުލުހުންގެ އިރުޝާދުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެދިފައިވެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު