Monday, November 9
އިމިގްރޭޝަންގެ ވަޒީފާއަށް ބޮޑު ތަރުހީބެއް!
މިއަދު ކުރިއަށް ދާ އިމިގްރޭޝަނަށް ގެ ވޯލްކް- އިން އިންޓަވިއު ކުރިއަށްދާ ގޮތް ކޮމިޝަނަރ ފަސީހު ބައްލަވައިފިއެވެ. ފަންސާސް މުވައްޒަފުން ނެގުމަށް އިމިގްރޭޝަން ޓްރެއިނީ ގެ ގޮތުގައި ނަގާ 50 މީހުން ހޮވުމަށް މިއަދު ކުރިއަށް ދާ ވޯލްކް އިން އިންޓަވިއުއަށް ވަރަށް ބޮޑު ތަރުހީބެއް ވަނީި ލިބިފައެވެ. މިއީ މިފަދަ ގޮތަކަށް އިމިގްރޭޝަނުން ބާއްވާ ފުރަތަމަ އިންޓަވިއުއެވެ. ކޮމިޝަނަރ ފަސީހު ވަނީ މިކަމަށް ލިބުނު ތަރުހީބު ފާހަގަކޮށްފައެވެ. އިމިގްރޭޝަނުން ބުނީ މިއީ ގައުމަށް ހިދުމަތްކުރުމާއި ބޯޑަރުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޚާއްސަ ޓީމަކާ ގުޅުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. މި ހަރަކާތް ކުރިއަށް ދާނެ ދުވަހަކާއި ތާރީހެއް ފަހުން އިއުލާން ކުރެވޭނެ ކަމަށް އިމްގްރޭޝަނުން މައުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު