އުތުރުގެ އަތޮޅުތަކުގައި ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
މޫސުމާއިބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިއަދު ވަނީ މިއަދު މެންދުރު ދޭއް ޖެހުމާއި ހަމައަށް ވައިޓް އެލާރޓް ނެރެފައެވެ.
Alert White for strong winds and rough seas. pic.twitter.com/gaeJsqwf3L
— Maldives Meteorology (@MetMaldives) May 24, 2025
މޫސުމާބެހޭ އިދާރާއިން ބުނީ އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެއެވެ. އަދި ގުގުރުން އެކަށީގެންވެއެވެ. އެހެން ހިސާބުތަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށްވެސް ބުނެފައިވެއެވެ.
”ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އެހެންހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ“ މެޓުން ބުނެފައިވެއެވެ.
ކަނޑުތަކަށް ބަލައިލާއިރު ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި އެހެންނަމަވެސް މެދުރާއްޖެއާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށް ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން