މި އަހަރުގެ މައުޒަރު ގައި މާކެޓް ސްޕޭސްގެ ނަމުގައި ދިވެހީންގެ އުފެއްދުންތައް ވިއްކޭނެ ޖާގަ ތަނަވަސް ކޮށްދީފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
"އެހެންވީމަ ޖުމްލަކޮށް ދަންނަވާ ކަމުގައިވާނަމަ މުޅީން އަލަށް ރާއްޖޭގައި ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ނަމުގައި މިކަން މިދަނީ ކުރެވެމުން," މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ ދިވެހި ވިޔަފާރިވެރީން އުފައްދާ ތަކެތި ރާއްޖެއާ ރާއްޖޭން ބޭރަށް ގެންދެވޭނެ މަގު މި ދައުރުގެ ތެރޭގައި ތަނަވަސް ވެގެން ދާނެ ކަމަށް ވެސް މިރޭ ވިދާޅުވެފަ އެވެ.
މިނިސްޓަރ ވިދާޅުވީ މިދިޔަ 80 އަހަރުތެރޭ ބޭއްވޭ އެންމެ ފުރިހަމަ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ މި އަހަރުގެ މަރުކަޒުކަމަށެވެ. މިއަހަރުގެ މައުރަޒުގައި ފުރަތަމަ ފަހަރަށް ކްރިއޭޓިވް އިކޮނޮމީއަށް ޚާއްސަ ކުރެވިފައިވާ ސަރަޙައްދެއް ވަނީ ގާއިމްކޮށްފައެވެ.





