ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގެ މުޅި މައުރަޒުން އެއްވަނަ ސިޓީ / ރަށަކަށް އައްޑޫ ސިޓީ އަދި އަމިއްލަ ފަރުދުންގެ ބައިން އެއްވަނަ ލުޖައިން އަޙްމަދު ވަހީދު ހޯދައިފި އެވެ.
ސޯޝަލް ސެންޓަރުގައި މިރޭ އޮތް ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގެ އިނާމުގެ ރަސްމިއްޔާތުގައި ވަނީ މައުރަޒުން އެކި ވަނަވަނައަށް އައި 275 ފަރާތަކަށް އިނާމު ދީފަ އެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގެ އިނާމު ދިނުމުގެ މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އެންމެ ޝަރަފުވެރި ވަނަވަނަ ހޯއްދެވި ފަރާތްތަކަށް އިނާމާއި ޓްރޮފީ ހަވާލު ކުރައްވާފަ އެވެ.
* އަމިއްލަ ފަރުދުންގެ ބައިން އެއްވަނަ - ލުޖައިން އަޙްމަދު ވަހީދު
* ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން އެއްވަނަ - ގއ. ވިލިނގިލި
* ވިޔަފާރިތަކުގެ ދާއިރާ އިން އެއްވަނަ - ސިޑީސް ކިޗަން ޕްރައިވެޓް ލިމިޓެޑް
* ތަޢުލީމުދޭ މަޒުކަޒުތަކުގެ ދާއިރާއިން އެއްވަނަ - މޯލްޑިވްސް ޕޮލިޓެކްނިކް
* ޙާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާއިން އެއްވަނަ - ފާތުމަތު ޝަފަޤް، ރެޑިއަމުގެ، ތ. ވިލުފުށި
* ޖަމުއިއްޔާ ޖަމާޢަތްތަކުގެ ދާއިރާއިން އެއް ވަނަ - ވިމެން އޮންޓަރޕްރަނިއަރސް އެސޯސިއޭޝަން މޯލްޑިވްސް
* މުޅި މައުރަޒުން އެއް ވަނަ ސިޓީ/ރަށް - އައްޑޫ ސިޓީ ހިތަދޫ
* ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ދާއިރާއިން އެއް ވަނަ - ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
މީގެ އިތުރުން މުޅި މަރުކަޒުން ރަން ވަނައަށް އައި ފަރާތްތަކަށް ވެސް އިނާމު ހަވާލުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ރަން ވަނަ ހޮވާފައި ވަނީ މުޅި މައުރަޒުން އެންމެ މަތިން މަރކްސް ލިބުނު ފަސް އުފެއްދުމެވެ.
* ލުޖައިން ޢަލީ ވަޙީދު، ހ. ހުޅުދުއްފާރު އާގެ، މާލެ
* އަބުޑީ މޯލްޑިވްސް
* މޯލްޑިވްސް ޕޮލިޓެކްނިކް
* މުޙައްމަދު މޫސާ، ގަރާޑީގެ، ރ. އިނގުރައިދޫ
* އަލީ މާހިރު
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ޖުމްލަ 383 ފަރާތަކުން ބައިވެރިވެފައި ވެއެވެ. އެއީ 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުން ނެވެ. މިގޮތުން އެންމެ ގިނައިން ބައިވެރިވެފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ.
މި މައުރަޒުގައި ހދ އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށް ގިނަ ރަށްތަކަކުން ބައިވެރިވެފައިވެއެވެ. މައުރަޒުގައި އެންމެ ގިނަ ތަކެތި ބައިވެރިކޮށްފައިވަނީ މާލެ އާއި ބ.ތުޅާދޫ އިންނެވެ. މައުރަޒުގައި 3600އަށް ވުރެ ގިނަ ތަކެތި ބައިވެރި ކުރުމަށް އެޕްލިކޭޝަން ފޯމް ފުރާފައިވެ އެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު"ގެ ނަމުގައި މައުރަޒެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު މެއި 20, 2024ގަ އެވެ. މިއީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް ބާއްވާ މައުރަޒެކެވެ. މި މައުރަޒް ކުރިއަށްދާނީ 23 މެއި އިން ފެށިގެން 31 މޭގެ ނިޔަލަށެވެ.
މި މައުރަޒް އާންމުނަން ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިރޭ 8:30ގައެވެ.
މިހާތަނަށް ރާއްޖޭގައި ބޭއްވޭ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މި މަޢުރަޒު، އިންތިޒާމްކޮށް ކުރިއަށް ގެންދަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެންނެވެ.
މި ލިޔުން ކިޔާލުމުން