Tuesday, November 10
ޔުމުނުގެ އާއިލާއިން ފުލުހުންގެ ތަހްގީގަށް އެއްބާރުލުން ނުދޭ: ޕޮލިސް

އޭޕްރީލް 18 ވަނަ ދުވަހު ހ. މިޓާޒް ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޔުމްނު ރަޝީދުގެ ބަޔާން ނެގުމަށް ފުލުހުން ކުރަމުންދާ މަސައްކަތަށް، އާޢިލާއިން އެއްބާރުލުން ނުދޭތީ މެލޭޝިއާގެ ފުލުހުންގެ އެހީތެރިކަން ހޯދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަދާ ހަމައަށް، ތަކުރާރުކޮށް މުއާމަލާތުކުރަން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް، ޔުމްނުގެ އާއިލާގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ލިބިފައި ނުވާކަމަށެވެ. ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭގޮތުންވެސް ފުލުހުންނާ އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައިނުވާއިރު، މެލޭޝިއާގައި ފަރުވާ ދެމުން ދިޔަ ހޮސްޕިޓަލް ބަދަލު ކުރި އިރުވެސް ފުލުހުންނާ އެ މައުލޫމާތު ހިއްސާކޮށްފައެއް ނުވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ

ފުލުހުން އިތުރަށް ބުނެފައިވަނީ ފުލުހުންގެ ތަހުގީގު ޓީމުން މިއަދާ ހަމައަށްވެސް މަސައްކަތް ކުރަމުން ދިޔައީ އާއިލާގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމުގެ އުންމީދުގައި ކަމަށާއި ނަމަވެސް އެއްބާރުލުން ލިބިފައިނުވާތީ މެލޭޝިއާގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން، ތަހުގީގަށް ބޭނުންވާ މައުޅޫމާތު ހޯދުމަށްޓަކައި މެލޭޝިއާ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ ޔުމުނު ރަޝީދު މެލޭޝިއާއަށް ގެންދެވުނު ދުވަހުން ފެށިގެން2 ފުލުހުން މެލޭޝިއާގައި އެބަތިބި ކަމަށެވެ. އޭގެ ތެރެއިން އެކަކީ މެޑިކަލް ޑޮކްޓަރެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

ޔުމުނު ފުރާޅަށް ވެއްޓުނު މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ ރައުދު މިއަދު ވަނީ ދޫކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު