Tuesday, November 10
ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތަކީ ޤުދުރަތީ ރީތިކަން: ރައީސް
ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތަކީ ޤުދުރަތީ ރީތިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ދިރޭތަކެތީގެ ނަސްލުގެ ދުވަހާ ގުޅުވައިގެން ކުރެއްވި ޕޯސްޓެއްގައެވެ. ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޤުދުރަތީ ރީތިކަމަކީ، ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތް ކަމަށާއި އެ އަގުހުރި ނިޢުމަތަށް ރައްކާތެރިވެވޭނީ، ދިރޭ ތަކެތީގެ ނަސްލު ޙިމާޔަތްކޮށް ދަމަހައްޓައިގެން ކަމަށެވެ. މިއަދަކީ "އިންޓަރނޭޝަނަލް ޑޭ އޮފް ބައިލޮޖިކަލް ޑައިވަރސިޓީ" ނުވަތަ ބައިނަލްއަޤްވާމީ ދިރޭތަކެތީގެ ނަސްލުގެ ދުވަހެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރަކީ "ހާމަރނީ ވިތް ނޭޗަރ އެންޑް ސަސްޓެއިނަބަލް އެނަރޖީއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު