Tuesday, November 10
ރާއްޖޭގައި އޮނާއި ބެހޭ ދިރާސާއެއް ހަދަނީ
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އެޓްމޮސްފިއާ ފައުންޑޭޝަން ގުޅިގެން ރާއްޖޭގައި އޮނާއި ބެހޭ ދިރާސާއެއް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒު އާދަމެވެ. އެޓްމޮސްފިއަރ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ ނައިބު ރައީސް ޢަބްދުލްޢަޒީޒް ޢަބްދުލްޙަކީމެވެ. މި ދިރާސާގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފެންނަ އޮނުގަހުގެ ބާވަތްތައް ދެނެގަނެ ގިންތިކޮށް، އޮނުގަހުގެ ސަބަބުން ބިމަށް ކުރާ އަސަރު ދެނެގަންނާނެއެވެ. އޮނަކީ ތިމާވެއްޓާ ރައްޓެހި އަދި ޖައްވުގައި އޮކްސިޖެން ލެވެލް މަތި ކޮށްދޭން އެހީ ވެދޭ ގަހަގަކަށް އެ ގަސް ވާތީއެވެ. ރާއްޖޭގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުންވެސް ދަނޑުގައި ހައްދާ ބައެއް ގަސްތައް ހިފެހެއްޓުމަށް ބޭނުންކުރާ ދަގަނޑު ގެ ބަދަލުގައިވެސް އޮނު ބޭނުންކުރެއެވެ. އެމްއެންޔޫއިން ފާހަގަކުރާ ގޮތުގައި މިއީ ކާބަން މަދުކުރުމާއި ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެޅި މުހިންމު ފިޔަވަޅެކެވެ. އެޓްމޮސްފިއަރ ފައުންޑޭޝަންގެ ފަރާތުން އަންނަނީ ހދ. ވައިކަރަދޫއާއި ށ. ގޮއިދޫގައި އޮނު އާލާކުރުމުގެ ބޮޑު މަޝްރޫޢެއް ހިންގަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު