އާދިއްތަ, November 1
ބްރޯޑްކޯމް ސާވާއަށް ވަނީ ކީއްވެގެންކަން ފުލުހުން ސާފުކޮށްދީފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ސާވާއަށް ފުލުހުން ވަދެފައިވާ ސަބަބު މިއަދު ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ސާފުކޮށްދީފައެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ބްރޯޑްކޮމްގެ ސާވާއަށް ދިމާވި މައްސަލައެއް ހައްލުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކޮމިޝަނުން އެދުމާ ގުޅިގެން ފުލުހުންގެ ޑިޖިޓަލް ޑާޓާ ޓެކްނީޝަނުންގެ ޓީމެއް ބްރޯޑްކޮމްގެ އޮފީހަށް ވަދެފައިވާ ކަމަށެވެ. މިކަން ކޮށްފައިވަނީ ބްރޯޑްކޮމްގެ ރަސްމީ އެދުމަކަށް ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

"ވަދެފައިވަނީ މައްސަލައަކާ ގުޅިގެނެއް ނޫން،" ފުލުހުން ވިދާޅުވިއެވެ. މި ބަޔާނުން ފުލުހުން ވަނީ ކުރިން ފެތުރުނު، ބްރޯޑްކޮމްއާ ގުޅޭ މައްސަލައެއް ތަހުގީގުކުރުމަށް ފުލުހުން އެ އިދާރާއަށް ވަދެގެން އުޅޭ ކަމުގެ އަޑުތައް ދޮގުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު