އާދިއްތަ, November 1
ހުޅުމާލޭ ފޭސްދޭއްގައި މާރާމާރީ ހިންގި މައްސަލައިގައި ޒުވާނަކު ހައްޔަރުކޮށްފި

ހުޅުމާލޭ ފޭސް ދޭއްގައި ހިންގި މާރާމާރީއެއްގެ މައްސަލައިގައި މާލެއަށް ނިސްބަތްވާ 18 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ. ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ހައްޔަރުކުރެވުނު ފަރާތަކީ މ. ޝެލްޓާ މުހައްމަދު ރައިހާން ހުސައިން (18 އަހަރު) އެވެ.

މި މާރާމާރީ ހިނގާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 23:51 ހާއިރު ހުޅުމާލޭ ފޭސް ދޭއްގެ އެޗް 11 ސަރަހައްދުގައެވެ. މި ހާދިސާގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަނިޔާވި އެއް ފަރާތުގެ ބޯ އިސްތަށި ދަށުން ފަޅައިގެން ގޮސްފައިވާއިރު، އަނެއް ފަރާތުގެ ބުރަކަށީގެ އެކި ހިސާބުތައް ދުޅަވެ، ދެ އަތުގެ އުޅަނބޮށި މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.

މީގެ އިތުރުން، މާރާމާރީ ހިންގި ފަރާތްތަކުން ދެ ފޯނެއް ފޭރިގަނެފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއްވިއެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނު މުހައްމަދު ރައިހާން ހުސައިން ހައްޔަރުކޮށްފައިވަނީ އިއްޔެ ރޭ 23:10 ހާއިރުއެވެ.

ހައްޔަރުކުރެވުނު ފަރާތުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ތަހުގީގާއި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު