Tuesday, November 10
ބޭންކުތަކުން އެމްއެމްއޭއަށް ވިއްކާ ބޭރުފައިސާގެ އަދަދު އިތުރުކުރަނީ

ކޮންމެ ހަފުތާއަކު ބޭންކުތަކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ( އެމްއެމްއޭ ) އަށް ވިއްކަންޖެހޭ ބޭރުފައިސާގެ އަދަދު ނުވަދިހަ އިންސައްތަ އަށް އިތުރު ކުރުމަށް ނިންމައިފިއެވެ.

އެމްއެމްއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އަންނަ މަހުގެ އެކަކުން ފެށިގެން މި ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ބޭރު ފައިސާއާބެހޭ ޤާނޫނުގެ ދަށުން، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން، ބޭންކުތަކަށް މާރުކުރާ ފައިސާގެ ތެރެއިން އޮތޯރިޓީން ކަނޑައަޅާ އިންސައްތައެއްގެ ޢަދަދަކަށް ބޭރު ފައިސާ ބޭންކުތަކުން އޮތޯރިޓީއަށް ވިއްކަންޖެހޭ ކަމަށެވެ. އެގޮތުން، ކޮންމެ ހަފުތާއަކު ބޭންކުތަކުން އެ އޮތޯރިޓީއަށް ވިއްކަންޖެހޭ ބޭރު ފައިސާ ފަސްދޮޅަސް އިންސައްތަ އިން ނުވަދިހަ އިން ސައްތައަަށް އަށް 1 ޖޫން 2025 އިން ފެށިގެން އިތުރުކުރެވޭނެ ކަމަށެވެ.

މި ބަދަލު ގެނެސްފައިވަނީ، އެމްއެމްއޭއިން ބޭންކުތަކަށް ކޮންމެ ހަފްތާއަކު ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުމަށް ކަމަށްވެސް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު