މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޮއިން 777 ގެ މަތިންދާބޯޓެއް މިއަދު އެ އެއާޕޯޓަށް ޖައްސައިފިއެވެ. މިއީ އެ އެއާޕޯޓުގައި ވައިޑް-ބޮޑީ މަތިންދާބޯޓު ޖެއްސުމުގެ ގާބިލުކަން ހުރިތޯ ބެލުމަށް ކުރިއަށްދާ ސެޓިފިކޭޝަން ޕްރޮސެސްގެ މުހިންމު މަރުހަލާއެކެވެ.
މި ސެޓިފިކޭޝަން ޕްރޮސެސްގެ ތެރޭގައި ރަންވޭގެ ގާބިލުކަން ޓެސްޓުކުރުމާއި، ގްރައުންޑް ހޭންޑްލިން އެސެސްމަންޓްތަކާއި، ނެވިގޭޝަން އަދި އެއާ ޓްރެފިކް ކޮންޓްރޯލް އިވެލުއޭޝަންތައް ހިމެނެއެވެ. މި ޓެސްޓުތަކުގެ ކާމިޔާބީއާއެކު، މާފަރު އެއާޕޯޓަށް ކުރިމަގުގައި ވައިޑް-ބޮޑީ މަތިންދާބޯޓުތައް ޖެއްސުމުގެ މަގު ފަހިވެގެންދާނެއެވެ.
މާފަރު އެއަރޕޯޓުގައި ވައިޑް-ބޮޑީ މަތިންދާބޯޓު ޖެއްސުމަށް ތައްޔާރުވުމުގެ ގޮތުން ވަނީ ފާހަގަކޮށްލެވޭ އަޕްގްރޭޑްތަކެއް ގެނެވިފައެވެ. އެމްޓީސީސީ އިން ކުރިއަށް ގެންގޮސްފައިވާ މި މަސައްކަތްތަކުގެ ތެރޭގައި ރަންވޭ 2.8 ކިލޯމީޓަރަށް ދިގުކުރުމާއި، އެޕްރަން ކެޕޭސިޓީ އިތުރުކޮށް 26 ޖެޓު ޕާކުކުރެވޭ ވަރަށް ތަނަވަސްކުރުން ހިމެނެއެވެ.
2019 ވަނަ އަހަރުގެ ޑިސެމްބަރު 1 ވަނަ ދުވަހު ހުޅުވުނު މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ތަރައްގީކުރެވުނު އެއާޕޯޓެކެވެ. މި އެއާޕޯޓު އަސްލު ތަރައްގީ ކުރެވިފައިވަނީ އެއާބަސް އޭ 320 އާއި ބޮއިން 737 ފަދަ މަތިންދާބޯޓުތައް ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއަކާ އެކުގައެވެ.
މި ލިޔުން ކިޔާލުމުން