އާދިއްތަ, November 1
މަތިވެރީގައި ގުރުއާން ހިތުދަސްކުރާ ކޮންމެ ކުއްޖަކަށް 50،000ރ. ދޭން ނިންމައިފި

އއ. މަތިވެރީ ކައުންސިލުން ވަނީ އެ ރަށުގައި ގުރުއާން ހިތުދަސްކޮށް ހާފިޒުކަމުގެ ސަނަދު ހާސިލުކުރާ ކޮންމެ ކުއްޖަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމައިފި އެވެ.

މި ނިންމުމާ ގުޅޭ ގޮތުން މަތިވެރީ ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް ވިދާޅުވީ، ރަށުގެ ތަރައްގީގެ ޕްލޭންގައި ހާފިޒުން އުފެއްދުން ހިމެނިފައިވާ ކަމަށެވެ. "ގުރުއާންގެ އިލްމު ކުރިއަރުވައި އެ ކުދިންނަށް ހިތްވަރު ދިނުން" މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދު ކަމުގައި އަސްލަމް ފާހަގަކުރެއްވި އެވެ.

މި ވަގުތު މަތިވެރީގައި އެއްވެސް ހާފިޒަކު ނެތް ނަމަވެސް، ދެ ކުއްޖަކު ވަނީ ގުރުއާން ހިތުދަސްކޮށް މުރާޖައާކުރުމުގެ މަރުހަލާގައި އެވެ. އެހެންކަމުން މި އަހަރު ތެރޭގައި ރަށުގެ ފުރަތަމަ ދެ ހާފިޒުން އުފެދޭނެ ކަމަށް ބެލެވެ އެވެ.

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި މިހާރު ތިބީ 266 ހާފިޒުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 126 އަންހެން ހާފިޒުންނާއި 140 ފިރިހެން ހާފިޒުންނެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ ކުދިންގެ އަދަދު 1،000 އަށް އިތުރު ކުރުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު