މ. މުލީގައި ތަރައްގީ ކުރާ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އަދި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައުދީއެވެ.
އެމްޓީސީސީން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން 33,250 އަކަފޫޓުގެ ސަރަހައްދެއްގައި ހަތަރު ފަންގިފިލާގެ 50 އެނދުގެ ހޮސްޕިޓަލެއް ތަރައްގީ ކުރެވިގެންދާނެއެވެ. މި މަޝްރޫޢަކީ 190.02 މިލިއަން ރުފިޔާގެ އަގުގައި 720 ދުވަހުގެ ތެރޭގައި ނިންމުމަށް ރޭވިފައިވާ މަޝްރޫޢެކެވެ.
މުލީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޙައްމަދު މުއިއްޒު ވިދާޅުވީ މުލީ ހޮސްޕިޓަލް މަޝްރޫޢަކީ ސަރުކާރުން އިސްކަންދޭ މަޝްރޫޢެއް ކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ ސިއްހީ ޚިދުމަތްތައް ފޯރުކޮށްދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
"ވަރަށް ވަރަށް މުހިންމު މަޝްރޫޢެއް އެއީ. އެހެންވީމަ އަޅުގަނޑުމެން ވާނީ މިދިޔަ އޭޕްރިލް މަހު އެ އިމާރާތް އެޅުމަށް ސޮއިކޮށްފައި. އަދި އިތުރު ޚިދުމަތްތައް އިތުރުކުރުމުގެ މަސައްކަތްވެސް، ޑަޔަލިސިސް ޚިދުމަތާއި މިފަދަ ކަންތަކަށް މުވައްޒަފުން ހޯދުމާއި މިފަދަ ގިނަ ކަންކަމުގައި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެން," ރައީސް މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.ވެ.
މި ލިޔުން ކިޔާލުމުން