މ. އަތޮޅު މުލީގައި ތަރައްޤީކުރެވޭ ރީޖަނަލް ހޮސްޕިޓަލުގެ މަސައްކަތާއި މުއްޔާއި ނާލާފުށި ގުޅާލާ ކޯޒްވޭގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފައްޓަވައިދެއްވައިފިއެވެ.
މުލީ އެއަރޕޯޓު ހުޅުއްވައިދެއްވުމަށްފަހު، ރައީސް ޑރ މުޢިއްޒު ވަނީ މ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުގެ އާ ޢިމާރާތް އެޅޭނެ ސަރަޙައްދަށް ޒިޔާރަތްކުރައްވާ، އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވާފައެވެ. މި ހޮސްޕިޓަލުގައި 4 ބުރި ހުންނައިރު، ޖުމްލަ 50 އެނދު ހުންނާނެއެވެ.
ހޮސްޕިޓަލުގެ މަސައްކަތަށްފަހު، ރައީސް ޑރ މުޢިއްޒު ވަނީ މުއްޔާއި ނާލާފުށި ގުޅުވާލާ ކޯޒްވޭ އެޅޭނެ ސަރަޙައްދަށް ޒިޔާރަތްކުރައްވާ، އެ މަޝްރޫޢުގެ މަސައްކަތްވެސް ރަމްޒީ ގޮތުން ފައްޓަވައިދެއްވާފައެވެ. މީގެ އިތުރުން، "ފަސް މިލިއަން ގަސް" މަޝްރޫޢުގެ ދަށުން ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން މުލީގައި ގަހެއް އިންދަވައިދެއްވާފައެވެ.
މުލީ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީއާއެވެ. މި މަސައްކަތް ނިންމުމަށް ކޮންޓްރެކްޓުގައި ވަނީ 780 ދުވަހުގެތެރޭގައެވެ. މި މަޝްރޫޢު ނިމޭނެކަމަށް ލަފާކުރެވެނީ 2027 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައެވެ.
މި މަޝްރޫޢު ނިމުމުން މުލީގެ އިތުރުން މި އަތޮޅުގެ ގިނަ ރަށްރަށަށް ޞިއްޙީ ޚިދުމަތް ހޯދުމުގައި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި ލިޔުން ކިޔާލުމުން