Tuesday, November 10
ކަސްޓަމްސްއަށް 164 މުވައްޒަފުން ހޯދަނީ
މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް 164 އެސިސްޓެންޓު އޮފިސަރުން ހޯދަން އިއުލާނުކޮށްފިއެވެ.

ކަސްޓަމްސްއިން ކުރި އިއުލާނުގައި ވަނީ، އެމަގާމަށް 164 މީހުން ހޯދަން ބޭނުންވާ ކަމަށެވެ. އެމީހުންނަށް  މުސާރައާއި އިނާޔަތުގެ ގޮތުގައި ގާތްގަޑަކަށް 14000 ރުފިޔާ ލިބެއެވެ.

މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިހާނެއްގައި ދެ މާއްދާއިން ދަށްވެގެން "ޑީ" ފާހެއް ލިބިފައިވުން، ސެކަންޑަރީ ސުކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން އަދި ކަސްޓަމްސްއިން ކަނޑައަޅާ ބޭސިކް ފިޒިކަލް ފިޓްނެސް ޓެސްޓުން ފާސްވާންޖެހެއެވެ.

އެ މަގާމުތަކަށް ހޮވޭ އޮފިސަރުން ވަޒީފާ އަދާކުރަން ޖެހޭނީ މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ކަސްޓަމްސްގެ އޮފީސްތަކުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު